ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލު ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފިއެވެ.
މިއީ މިދިޔަ 30 ސެޕްޓެމްބަރުގައި މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ވަޒީރު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ޑރ. ޚަލީލު ވިދާޅުވެފައިވާ ގޮތުގައި މި ދަތުރުފުޅަކީ އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް އެއްބާރުލުން ހަރުދަނާކުރުމާއި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެ ވަޒީރުން މަޝްވަރާކުރައްވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
ޑރ. ޚަލީލު އިންޑިޔާއަށް ވަޑައިގަތުމާ ގުޅިގެން އިއިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިޝްވާލް ވަނީ ’އެކްސް‘ ގައި ޕޯސްޓެއް ކުރައްވާފަ އެވެ. އޭނާގެ ޕޯސްޭނާގެ ޕޯސްޓުގައި ”އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް“ ގެ ނަމުގައި އަށް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ރައީސް މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުމުގެ ވާހަކަ ވަނީ ފާހަގަކުރައްވާފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އިސް ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުނު އެވެ.
ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް