މޫސުން ވަރަށް ގޯސް، 6 ރަށެއް އެއްކޮށް ފެނުގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، 6 ރަށެއްގައި ފެންބޮޑުވެގެން އެ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން މަޢުލޫމާތު ދިން ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓު ލިބިފައިވެއެވެ. އޭގެ ތެރޭގައި އުދައަރައިގެން ށ. ނަރުދޫ އަދި ރ. އިނގުރައިދޫ ހިމެނެއެވެ. އަދި ވާރޭ ވެހި ފެންބޮޑުވެގެން ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. ނިލަންދޫ އަދި ފ. މަގޫދޫ ހިމެނެއެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނީ، ބައެއް ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މޫސުމާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި، އާ އަހަރު ބަންދާ އެކު މުޅި ރާއްޖެއަށް ދަނީ ވިއްސާރަކުރަމުންނެވެ. މިދިޔަ ދެތިން ދުވަހު ކުރަން ފެށި ވިއްސާރަ މިއަދު އޮތީ މާ ގޯސްކޮށްލާފަ އެވެ. އެގޮތުން ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވެ އެވެ.

މެޓް އޮފީހުން އިތުރަށް ބުނީ، މިއަދު ހަވީރު 3 ޖަހަންދެން މޫސުން ގޯސްވާނެ ކަމަށާއި، ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ. މޫސުން އަލިކޮށްލާނެ ކަމަށް މެޓް އޮފީހުން ކުރިން ބުނެފައި އޮތީ މި މަހުގެ 5 ވަނަ ދުވަހުގެ ފަހުންނެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ