ރާއްޖެއަށް އިރުވައި މޫސުން މި އަހަރު ފެށިފައިވަނީ އާންމު ގޮތެއްގައި ފެށޭ ދުވަސްވަރަށްވުރެ ލަސްކޮށް ކަމަށް ޤައުމީ މޫސ ޤައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
މެޓުން ދިން މަޢުލޫމާތުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. މިއީ އާންމު ގޮތެއްގައި އިރުވައި މޫސުން ފެށޭ ދުވަސްވަރަށްވުރެ ލަސްކޮށް ކަމަށް މެޓުން ފާހަގަކޮށްފައިވެއެވެ.
މެޓުން އިތުރަށް ހާމަކުރި ގޮތުގައި، ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ. އަދި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ.
އާންމު ގޮތެއްގައި އިރުވައި މޫސުމުގެ އަސަރުތައް ޑިސެންބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ފެށި، ޖެނުއަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދާ ކަމަށް މެޓުން ބުނެފައިވެއެވެ.
އިރުވައި މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ވައި ޖެހުމާއި، މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ދެމިގެން ދިއުން ކަމަށްވެސް މެޓުން ހާމަކޮށްފައިވެއެވެ.