ރެސްޓޯރަންޓްތަކާއި ކެފޭތަކުގައި ސިނގިރޭޓް ބުއިން މަނާކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ރެސްޓޯރަންޓްތަކާއި ކެފޭތަކުގައި ސިނގިރޭޓް ބުއިން މަނާކުރުމަށް ޓޮބޭކޯ ބޯޑުން ނިންމައިފި އެވެ.

މި ނިންމުމާ ގުޅިގެން، އެކަމާ ގުޅޭ ގާނޫނު އިސްލާހު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެ ބޯޑުން މިހާރު ވަނީ ފޮނުވާފަ އެވެ.

މި ފިޔަވަޅަކީ ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މީހުންގެ އަދަދު މަދުކޮށް، ދިވެހިންގެ ސިއްހަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި ދުންފަތާ ދެކޮޅަށް އެޅުނު އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅުތަކަކީ ދުންފަތުން ނަގާ ޑިއުޓީ ބޮޑުކޯށް ވޭޕް މަނާ ކުރުމެވެ. މިގޮތުން ވޭޕާއި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކުރެވިފައިވާ އިރު އިލެކްޓްރޯނިކް ސިނގިރޭޓް ވެސް މި މަނާކުރުމުގެ ތެރޭގައި ވަނީ ހިމަނާފަ އެވެ.

މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ. މިގޮތުން ވޭޕް ރާއްޖެއަށް އެތެރެކުރާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އިރު، އެތެރެކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާ ދައްކަންޖެހޭނެއެވެ. އަދި ވޭޕް ވިއްކާ ފަރާތްތަކަށް 20،000 ރުފިޔާގެ ޖޫރިމަނާއަކާއި، ވިއްކާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ. ހަމައެހެންމެ ވޭޕް ހިލޭ ދޫކުރާ ފަރާތްތައް 10،000 ރުފިޔާއިން އަދި ބޭނުންކުރާ ފަރާތްތައް 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50 އިންސައްތައިން އިތުރުކުރެވިފައިވާ އިރު ދުންފަތުގެ ވިޔަފާރިކުރެވޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށްވެސް ވަނީ ބަދަލުކޮށްފަ އެވެ.

މިނިސްޓްރީ އޮފް ހެލްތް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ