2024 އަކީ ރާއްޖެއަށް އެންމެ ގިނަ ކާގޯ އެތެރެކުރެވުނު އަހަރު: ވަޖީހު

Advertisement

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ 2024 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކާގޯ އެތެރެކުރެވުނު އަހަރު ކަމަށް މޯލްޑީވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

ވަޖީހު މިކަން ހާމަ ކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ވަޖީހު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، 2024 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރެވުނު ކޮންޓެއިނަރައިޒްޑް ކާގޯގެ އަދަދަކީ 66,638 ޓީއީޔޫއެވެ. މީގެ އިތުރުން، 150,692 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ވެސް ވަނީ އެތެރެކުރެވިފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ކޮންޓެއިނަރައިޒްޑް ކާގޯ 7 އިންސައްތަ އަދި ޖެނެރަލް ކާގޯ 29 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ ކުރިން މި ރެކޯޑު ޤާއިމްކުރެވިފައި އޮތީ 2018 އަދި 2019 ވަނަ އަހަރުއެވެ. 2018 ގައި 63,002 ޓީއީޔޫގެ ކޮންޓެއިނަރާއި 123,669 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ އެތެރެކުރެވުނެވެ. 2019 ގައި ވެސް މި އަދަދުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

ވަޖީހު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ވެސް ރާއްޖޭގެ އިޤްތިޞާދަށް ދިރުން އައިސްފައިވާކަން މި ތަފާސްހިސާބުތަކުން ދައްކުވައިދެއެވެ. އަދި 2025 ވަނަ އަހަރު ފެށިގެން ގިނަ ޕްރޮޖެކްޓުތަކެއް ފެށުމާ ގުޅިގެން، ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ.

މި ކުރިއެރުމާ ގުޅިގެން ރާއްޖެއަށް އަންނަ ކާގޯގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ، ޕްރޮޖެކްޓުތަކަށް ދަތިނުވާ ގޮތަށް ކާގޯ މެނޭޖުކުރުމަށް އެމްޕީއެލްއިން މިހާރު ވަނީ ތައްޔާރުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ