މަސްވެރިންނަށް ދެ ދުވަސް ތެރޭ 7.6 މިލިއަން ރުފިޔާ

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ދެ ދުވަސް ތެރޭ 7.6 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިފްކޯއިން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ދުވަހު މިފްކޯއިން ވަނީ 4،191،836 ރުފިޔާ މަސްވެރިންނަށް ދޫކޮށްފަ އެވެ. މިއީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރި މަހުގެ ފައިސާ އެވެ. އެ ދުވަހު މިފްކޯއަށް ވަނީ 333 މެޓްރިކް ޓަނުގެ މަސް ކިރާފަ އެވެ.

މިއަދުވެސް މިފްކޯއިން ވަނީ މަސްވެރިންނަށް ފައިސާ ދޫކޮށްފަ އެވެ. އެގޮތުން މިއަދު މިފްކޯއިން ދޫކޮށްފައިވަނީ ޑިސެމްބަރު 31 ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރި މަހަށްވާ ފައިސާ އެވެ. 267 މެޓްރިކް ޓަނަށްވާ 3،499،508 ރުފިޔާ އެވެ. މިފްކޯއިން ބުނީ ޑިސެމްބަރު 31 ވަނަ ދުވަހު މިފްކޯއަށް 62 ދޯންޏަކުން މަސް ކިރާފައިވާ ކަމަށެވެ.

މިފްކޯއިން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނައިން މަސް ކިރުވާފައިވަނީ މަސް ކިރުވާ ބޯޓު ފަހަރަށެވެ.

މިފްކޯގެ މަސް ބޯޓުތަކަށް ޖުމްލަ 221.13 މެޓްރިކްޓަނުގެ މަސް ކިރުވާފައިވާއިރު، ގއ. ކޫއްޑޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް 80.72 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 9.4 މެޓްރިކްޓަނުގެ މަސް ކިރުވާފައިވާއިރު، ފެލިވަރު ކައިރީގައި އޮންނަ މިފްކޯގެ ތިން މަސް ބޯޓަށް 58 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ.

މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން މަސް ބާނާފައިވަނީ ހުވަދޫ އަތޮޅުގެ އޮޑިފަހަރުންނެވެ. ގއ. އަތޮޅުގެ 20 ދޯންޏަކުން 80.7 މެޓްރިކް ޓަނުގެ މަސް ބާނާފައިވާއިރު، ގދ. އަތޮޅުގެ 22 ދޯންޏަކުން 92.6 މެޓްރިކް ޓަނުގެ މަސް ބާނާފައިވެއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑި ތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މިހާރު ވަނީ 48 ގަޑި އިރު ތެރޭގައި ފައިސާ ދޭން ފަށާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ