މޯލްޑިވިއަންގެ އައު ބޯޓަށް މަރުހަބާ ކިޔުން: މުބާރަތަކާއެކު ބޮޑެތި އިނާމުތަކެއްވެސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރާ ވައިޑް ބޮޑީ އެއާކްރާޓަށް މަރުހަބާ ކިޔުމަށް ބާއްވާ އެއާ ޝޯވްގެ ތެރެއިން ހާއްސަ އިނާމުތަކެއް ލިބޭ މުބާރަތެއްވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް، މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިިއޭޝަނުން ބުނެފި އެވެ.

މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރެވޭ އޭ-330 މަރުކާގެ ވައި ބޮޑީ އެއާކްރާފްޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ. އެ ބޯޓަށް މަރުހަބާ ކިޔުމަށް، ވެރިރަށް މާލެ އަދި ހުޅުމާލޭގައި އެއާ ޝޯވްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި އެ ދުވަހު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ފޮޓޯ އަދި ވީޑިއޯގްރަފީ މުބާރާތެކެވެ. އޭގެއިތުރުން ގިނަ އިނާމުތަކެއް ހިމެނޭ ލަކީޑްރޯއެއް ވެސް ކުރިއަށްގެންދާނެކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މުބާރާތުގެ އިނާމުތަކުގެ ގޮތުގައި އެކި ޑެސްޓިނޭޝަން ތަކަށް ދިޔުމުގެ ޓިކެޓު ވެސް ހިމެނޭނެ އެވެ.

އޭގެއިތުރުން މިމަމުގެ 6 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ވައިޓް ބޮޑީ ބޯޓުގެ ޚިދުމަތް ފެށުން ފާހަގަކުރުމުގެ ރަސްމީ ޖަލްސާ އޮންނާނެކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ. އެއަރޝޯވ އޮންނާނީ 6 ވަނަ ދުވަހު ހަވީރު 05:00 އިން 05:30 އަށް، މާލޭގެ އުސްފަސްގަނޑު ސަރަހައްދު އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހީގެ އިރުމަތީ ގޮނޑުދޮށް ސަރަޙައްދުގައެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މޯލްޑިވިއަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ