މި ސަރުކާރުން އަމާން، ރައްކާތެރި އަދި ތަރައްގީވެފައިވާ ރާއްޖެއެއް ބިނާކުރާނެ: އަބްދުލްރަހީމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް އޮތް އަހަރުތަކުގައި އަމާން، ރައްކާތެރި އަދި ތަރައްގީވެފައިވާ ރާއްޖެއެއް ބިނާކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުލްރަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރެއްވުމަށް ރައީސް މުއިއްޒު ދެއްވާ ހާއްސަ އިސްކަމުގެ ދަށުން މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރެއްވުމަށާއި ކުށްކުރުން މަދުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ.

އަބްދުލްރަހީމް ވިދާޅުވީ، މިހާރުގެ ސަރުކާރުން ޤާނޫނުއަސާސީއަށާއި ގަވާއިދުތަކަށް ގެންނަވާ އިސްލާހުތަކަކީ ރާއްޖެއަށާއި ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ލިބޭނެ ގޮތަށް މުސްތަޤުބަލަށް ވިސްނައިގެން ގެންނަވާ އިސްލާހުތަކެއް ކަމަށެވެ.

މީގެ އިތުރުން، އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިޖުތިމާޢީ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ