ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މަޝްރޫއު ހިންގާނީ މި އަހަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުލްރަހީމް މިހެން ވިދާޅުވެފައި ވަނީ، ދައުުލަތުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަަބްދުއްރަހީމް ވިދާޅުވީ، މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ތަރައްގީގެ މަޝްރޫއުތަކަށް އަމާޒުކޮށްފައި އޮތް ބަޖެޓެއް ކަމަށެވެ.
އެ ބަޖެޓު މަޖިލީހުން ފަސްކޮށްދީފައި ވަނީ ސަރުކާރުން ހުށަހެޅުއްވި ގޮތަށް ކަމަށާއި، އެ ބަޖެޓު ފާސްކޮށްދިނީ ހިތުހުރި ގޮތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބަޖެޓު ހޭދަކުރައްވަން ނޫން ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ކަންކަން ކުރައްވަން މި ފަހަރުގެ ބަޖެޓުގައި އެމަނިކުފާނަށް ދަތިކަމެއް ނޯންނާނެ ކަމަށެވެ.
މިއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ނިންމާފައި ވަނީ ބޯހިޔާވަހި ކަމަށެވެ. އެކަމަށް ޓަކައި މިއަހަރުގެ ބަޖެޓުގައި 4.8 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ފެށި، އިޤްތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބޭނެ އަހަރަކަށް 2025 ވަނަ އަހަރު ވާނެކަމަށް ރައީސް މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ. ރައީސް މިހެން ވިދާޅުވީ މީލާދީ އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައުލަތުގެ ބަޖެޓް