މާލޭގެ ގެއަކުން ވަގަށްނެގި ދެމިލިއަން ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނެފައިވަނީ ޑިސެމްބަރު 31، 2024 ވަނަ ދުވަހު ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ 2 މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާ ކަމަށެވެ. އަދި އެތަކެތި މިހާރު އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިތަކެތި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާއެކު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މި ތަކެތީ ފޮޓޯއެއްވެސް ހިއްސާކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ވަގަށް ނަގާފައިވައި ތަކެތީގެ ތެރޭގައި ކެމެރާތަކަކާއި ލެންސްގެ އިތުރުން ލެޕްޓޮޕަކާއި ފޯނުތަކެއްވެސް ހުއްޓެވެ. އަދި ކެމެރާއަށް ބޭނުންވާ އެކި ސާމާނާއި ގިނަ އަދަދެއްގެ ބޭރު ފައިސާވެސް އެ ފޮޓޯއިން ފެނެ އެވެ.