ވައްކަމުގެ މައްސަލައެއްގައި 24 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ވައްކަމުގެ މައްސަލައެއްގައި 24 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ މާބަގީޗާގޭ އާއިޝަތު ނުހާ އެވެ.

މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ވައްކަން ކުރުމާއި ހުއްދަ ނެތި ގޯތި ގެދޮރަށް ވަނުމުގެ ތުހުމަތުގައެވެ.

މިދިޔަ ހޯމަ ދުވަހު މި އަންހެން މީހާގެ ބަންދުގެ މުއްދަތު ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، ފަނޑިޔާރު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެއެވެ.

ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފުވެސް ވެފަ އެވެ.

މީގެ ކުރިން ފުލުހުން ވަނީ އެހެން މައްސަލައެއްގައި އޭނާ ހޯދަންވެސް އިއުލާންކޮށްފަ އެވެ. އެއީ އިތުރު މީހާ ގުޅިގެން މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގެ ތުހުމަތުގަ އެވެ.

ނުހާ އަކީ ބަންދު ރިކޯޑު ގިނަ މީހެއްކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓު ވައްކަމާއި ފޭރުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ