ރަސްމީ ފާލަމުގެ މަސައްކަތް މަސް ދުވަހުގެ ތެރޭގައި ނިންމޭނެ: މިނިސްޓަރ މުއްތަލިބު

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގެ ރަސްމީ ފާލަން ރޫޅާލުމަށް ފަހު އަލުން އެތަން މަރާމަތު ކުރަމުން އަންނައިރު، އެތަނުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު އެ ސަރަަހައްދަށް ވަޑައިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގަ އެވެ.

މިނިސްޓަރ ވިދާޅުވީ، ފާލަން ރޫޅާލީ، އޭރު އެތަނަށް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ އެތަނުގެ ބައިތައް ވެއްޓި މީހަކަށް ގެއްލުމެއް ވެދާނެތީ ކަމަށެވެ.

ރަސްމީ ފާލަން އަލުން މަރާމާތުކޮށް އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ކުރީގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 11.7 މިލިއަން ރުފިޔާ އަށެވެ. އެކަމަކު، އެ މަސައްކަތްތައް ފެށީ މި އަހަރުގެ މެއި މަހުގެ ކުރީކޮޅު އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރަސްމީ ފާލަން އާ ޑިޒައިނަކަށް މަރާމާތުކޮށް ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަިއ ޖުލައި، 2015 ގަ އެވެ.

އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެފަހުން އެ ފާލަން މަރާމާތުނުކޮށް ގިނަ ދުވަސްތަކެއްވުމުން، މި ސަރުކާރުގެ ވެރިކަން ފެށުން އިރު، ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ