ޒަކާތު ފަންޑުގެ އާ ސިޔާސަތެއް އެކުލަވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިސްލާމިކް މިނިސްޓްރީން ޒަކާތު ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނާޔަތްތަކުގެ އިތުރުން ތައުލީމީ ފެންވަރަށް ވެސް އިސްކަންދޭ އައު ސިޔާސަތެއް އެކުލަވާލައި ގެޒެޓްކޮށްފި އެވެ.

މި އައު ސިޔާސަތުގެ ދަށުން، މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ޙަލާލު ދާއިރާތަކުން ތަޢުލީމު ޙާޞިލުކުރުމަށް މާލީ ވަސީލަތްތައް ނެތް ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

”ޒަކާތު ފަންޑުގެ ހަޔަރ އެޑިއުކޭޝަން އެސިސްޓެންސް ޕޮލިސީ“ ގެ ނަމުގައި އެކުލަވާލާފައިވާ މި ސިޔާސަތުގައިވާ ގޮތުން، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 އަށް ކުރާ ކޯސްތަކުގެ ހުރިހާ ޚަރަދެއް ޒަކާތު ފަންޑުގެ ސްކޮލަޝިޕްގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ. އަދި މީގެ އިތުރުން، އޯއައިސީ ނޫން ގައުމުތަކުގެ ތައުލީމީ މަރުކަޒުތަކުގައި ތައުލީމު ހާސިލް ކުރުމުގެ ހުއްދަ ވެސް މި ސިޔާސަތުގައި ދީފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ލައިސަންސް ބޭނުންވާ ދާއިރާއަކަށް ތައުލީމު ހާސިލްކުރާނަމަ، އެ މަރުކަޒަކީ ލައިސަންސް ދޭ މުއައްސަސާއިން ބަލައިގަނެ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސައްހަކޮށްފައިވާ މަރުކަޒަކަށް ވާންޖެހޭނެއެވެ.

މި ސިޔާސަތުގެ ދަށުން އެހީ ދިނުމުގައި މާލީ ދަތިތަކާއި ތައުލީމީ ފެންވަރާއި ގައުމަށް ކުރާ ޚިދުމަތަށް ބެލުމުގެ އިތުރުން، ފަގީރުންނާއި ނިކަމެތިންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މުދަލު ޒަކާތް މޯލްޑިވްސް ޒަކާތު ހައުސް ޒަކާތު ފަންޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ