މިއަހަރު ކޮންމެ ދިވެއްސަކީވެސް ގައުމަށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މީލާދީ އާ އަހަރުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މަޖިލިސް ރައީސްގެ ތަހުނިޔާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، އަދި އެންމެހާ ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
އަބްދުއްރަހީމް ވަނީ ކުރިއަށް އޮތް އަހަރުގައި ކޮންމެ ދިވެއްސަކީވެސް އާ ޢަޒުމަކާއި ހިތްވަރަކާއެކު ޤައުމަށް ފާގަތިކަމާއި ކުރިއެރުން ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ބަރަކާތްލެއްވުމަށާއި، ދިވެހިންނަކީ އެކުވެރި، ހިތްހެޔޮ، ހެޔޮލަފާ، އަދި ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ ބަޔަކު ކަމުގައި ހެއްދެވުމަށް އަބްދުއްރަހީމް ވަނީ ދުޢާ ކުރައްވާފައެވެ.
އާ އަހަރުގެ މުނާސަބަތުގައި ރައީސް މުއިއްޒު ވަނީ ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބެއް ދެއްވާފަ އެވެ. މި ޚިޠާބުގައި ރައީސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ފެށި، އިޤްތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބޭނެ އަހަރަކަށް 2025 ވަނަ އަހަރު ވާނެކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް