ރައީސް މުއިއްޒު ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފި އެވެ.

ރައީސް މުއިއްޒު ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައިވަނީ އެޤައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒް އަށެވެ.

މި ދެ ބޭފުޅުންނަށް ވަކިވަކިން ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި އިޚުލާސްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ކިއުބާގެ ރައީސާއި ބޮޑުވަޒީރު، ފުރިހަމަ ޞިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަންވެސް ހާމަކުރައްވާފައިވެއެވެ.

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހަކީ ކިއުބާގައި ފާހަގަކުރާ ރިވޮލޫޝަން ދުވަހެވެ. މި ދުވަހަކީ ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވައި ގެންނެވި އިންޤިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ދުވަހެވެ.

ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1977 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށްވެސް މި ދެ ޤައުމުގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތްކަން ރައީސް މުޢިއްޒުގެ މި މެސެޖުން ހާމަވެގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކިއުބާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ