ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ، ކ. ދިއްފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ.
ދިއްފުއްޓަށް ފާއިތުވި 24 ގަޑިއިރު 118.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ކ. ގާފަރަށެވެ. އެއީ 42.6 މިލިމީޓަރުގެ ވާރޭ އެެވެ.
ތިންވަނައަށް އެންމެ ގިނައިން ހުޅުލެއަށް ވާރެ ވެހިފައިވާއިރު، ހަތަރު ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް މެޓުން ހާމަކޮށްފައިވަނީ މާލެށެވެ. އެއީ 25.6 މިލިމީޓަރުގެ ވާރޭ އެވެ.
ފާއިތުވި 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:
- ކ. ދިއްފުށި – 118.5 މިލިމީޓަރުގެ ވާރޭ
- ކ. ގާފަރު – 42.6 މިލިމީޓަރުގެ ވާރޭ
- ހުޅުލެ – 28.7 މިލިމީޓަރުގެ ވާރޭ
- މާލެ – 25.6 މިލިމީޓަރުގެ ވާރޭ
- އއ. ތޮއްޑޫ – 23.1 މިލިމީޓަރުގެ ވާރޭ
- ބ. ދަރަވަންދޫ – 22.5 މިލިމީޓަރުގެ ވާރޭ
- އދ. މާމިގިލި – 21.5 މިލިމީޓަރުގެ ވާރޭ
- ބ. ގޮއިދޫ – 21.4 މިލިމީޓަރުގެ ވާރޭ
އެގޮތުން، މެޓުން މިއަދުވެސް ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއައް މިއަދު ހެނދުނު 10:00 އަކުން މިއަދު ހަވީރު 16:00 ހުދު ސަމާލުނެރެފަ އެވެ.
އެ ސަމާލުގައި ބުނެފައި ވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.