އައު ކަލަންޑަރެއް ހޯދަކަށް ނުޖެހޭނެ، އަޕްޑޭޓްއަކާއެކު މި އަހަރުވެސް އެސްޓީއޯގެ ކަލަންޑަރު ބޭނުންކޮށްލެވޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން 2024 ވަނަ އަހަރު ތަޢާރަފުކުރި ޑިޖިޓަލް ކަލަންޑަރު މި އަހަރުވެސް ބޭނުންކުރެވޭނެ ގޮތް ހަދައިފި އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، މި ޑިޖިޓަލް ކަލަންޑަރަކީ ކުންފުނީގެ ވިޔަފާރިއާއި އާންމު ހިންގުމުގައި ގެންގުޅޭ ސަސްޓެއިނަބިލިޓީ، އިނޮވޭޝަން އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ވިސްނުމުގެ ދަށުން ތަޢާރަފުކުރެވުނު އެއްޗެކެވެ. މިއީ އޮފީސް މޭޒުތަކާއި ގޭގައި ބޭނުންކުރުމަށް ވެސް މަޤުބޫލު އެއްޗެއްގެ ގޮތުގައި ވަނީ ސާބިތުވެފައެވެ.

އެސްޓީއޯއިން އިތުރަށް ހާމަކުރި ގޮތުގައި، މި އިސްނެގުމުގެ މައިގަނޑު އެއް މަޤްޞަދަކީ އިސްރާފު މަދުކުރުމާއި ދެމެހެއްޓެނިވި އަގެއް އުފެއްދުމެވެ. މީގެ އިތުރުން، މިއީ ކުންފުނީގެ ފުޅާ ސަސްޓެއިނަބިލިޓީ އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެ ކަލަންޑަރު މިއަހަރުވެސް ބޭނުންކުރެވޭގޮތަށް ހެދީ، އެ ކުންފުނިން އެ ކަލަންޑަރުތަކަށް ފޮނުވި އަޕްޑޭޓަކާއެކު އެވެ.

މި އަޕްޑޭޓާއެކު، އެސްޓީއޯގެ ޑިޖިޓަލް ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ޚަރަދެއް ނުކޮށް 2025 ވަނަ އަހަރުގެ ކަލަންޑަރު ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެށްޓަށް ރައްޓެހި، އިޤްތިޞާދީ ގޮތުން ފައިދާހުރި ޙައްލުތައް ހޯދުމަށް އެސްޓީއޯއިން ކުރަމުންދާ މަސައްކަތުގެ އިތުރު ހެއްކެކެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ