އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މަރުހަބާ ކިޔައިފި އެވެ.
މިއަހަރުގެ އެންމެ ފުރަތަމަ ފަތުރުވެރިޔަކީ ރާއްޖެއަށް 11 ފަހަރު ޒިޔާރަތް ކުރި ލުއިސް ނަމަކަށް ކިޔާ ފަތުރުވެރިޔެކެވެ.
ވީއައިއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 2025 އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަކީ ރާއްޖެއަށް ވަރަށް ހާއްސަ ފަތުރުވެރިޔެއް ކަމަށެވެ.
އާ އަހަރު މި ފެށުނީ އަޅުގަނޑުމެންނަށް ވަރަށް ހާއްސަ ޒިޔާރަތްތެރިޔަކާއެކު – 2025 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ – އާއިލާގެ މެންބަރެއްހެން ހީވާ މެހެމާނެއް.
ވީއައިއޭއިން ބުނީ ލުއިސް އާއި އޭނާގެ އާއިލާ ދިވެހިރާއްޖެއަށް 11 ފަހަރު ޒިޔާރަތްކޮށްފައިވާތީ، އެމީހުންނަކީ ހަމައެކަނި ފަތުރުވެރިންކަމަށް ނުބަލާ ކަމަށެވެ. އަދި އެއީ ޙަޤީޤަތުގައިވެސް ދިވެހި އާއިލާގެ ބައެއްކަމަށް ވީއައިއޭއިން ބުނެ އެވެ.
ލުއިސްއާއި އޭނާގެ އާއިލާއިން ރާއްޖޭގެ މޫދާއި ވެއްޔާއި މީހުން ދެކެވާ ލޯބިން މިއަދު އިތުރަށް ހާއްސަވެގެންދާކަމަށް ވީއައިއޭއިން ބުނެ އެވެ.
ވީއައިއޭއިން ވަނީ ލުއިސްއާއި ލުއިސްގެ އާއިލާއަށް އުފާވެރި އާ އަހަރަކަށް އެދިފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން