ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވައިލި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އެ ގާނޫނުގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީ ލިބޭ ފަރާތްތަކެވެ.

ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި ކެޓެގަރީ އޭގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސްދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރުމެވެ.

ކެޓެގަރީ ބީގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭރު ފައިސާއާ ބެހޭ ގަވައިދެއް ވެސް އެމްއެމްއޭ އިން ގެޒެޓު ކުރި އެވެ. އެ ގާނޫނުގައި ބުނާ ގޮތުން އެމްއެމްއޭ އިން އާންމުކުރި ގަވާއިދާ އެއްގޮތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ އެވެ.

އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ