ސަރުކާރުގެ ކުންފުނިތަކުން ލޯން ނަގާއިރު، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކުލަވާލައިފި އެވެ.
ޕީސީބީ އިން މިކަން ހާމަ ކޮށްފައި ވަނީ އެ ބޯޑުން ނެރުނު އިއުލާނެއްގަ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ، ލޯނު ނަގަން ބޭނުންވާ ސަރުކާރު ކުންފުނިތަކުން ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކޮށް، ލޯނު ނެގުމަށް ކުންފުނީގެ ބޯޑުން ނިންމުމަށްފަހު އެކަން ހިއްސާދާރުންގެ ހުއްދައަށް އެދި ފޮނުވަންޖެހޭނެ ކަމަށެވެ.
އަދި އެ ހުއްދަ ލިބުމުން، ކުންފުނީގެ ބޯޑުން ލޯނު ނެގުމަށް ފާސްކުރާތާ 5 ދުވަހުގެ ތެރޭގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެކަން އަންގަންވާނެ ކަމަށް އުސޫލުގައިވެ އެވެ.
މި އުސޫލުގެ ދަށުން ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ހުއްދަ ހޯދުމަށް އެދި ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ. އަދި ވިޔަފާރިކުރާ ދައުލަތުގެ އެހެނިހެން ތަންތަނުން ވެސް ލޯނު ނެގުމުގައި ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ހިއްސާދާރުންގެ ހުއްދަ ހޯދުމަށް އެދިފައިވެ އެވެ.
މީގެ އިތުރުން، ކުންފުނި އުފައްދާފައިވާ މަގްސަދާއި ކުންފުނީގެ ރައުސުލްމާލަށް ރިއާޔަތްކޮށް މާލީ ވުޒާރާގެ ލަފަޔާއެކު، ކުންފުނިތައް ގިންތި ކުރަން ވާނީ ޕްރައިވަޓައިޒޭޝަން ބޯޑުން ކަމަށް ވަނީ ނިންމައިފަ އެވެ.
މިނިސްޓްރީ އޮފް ފިނޭންސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)