2024 އަކީ އިސްލާހީ ބަދަލުތަކެއް ގެނެވި، ރައްޔިތުން ބާރުވެރިކުރެވުނު އަހަރެއް: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ނިމިގެން މިދާ 2024 ވަނަ އަހަރަކީ އިސްލާހީ ބަދަލުތަކެއް ގެނެވި، ރައްޔިތުން ބާރުވެރި ވެސް ކުރެވުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ 2024 ވަނަ އަހަރު ނިމި، 2025 ވަނަ އަހަރާ ކުރިމަތިލާއިރު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވެފައިވަނީ މި އަހަރަކީ ރައްޔިތުން ބާރުވެރިކުރެވި، ޤައުމުގެ އިސްތިޤްލާލު ވެސް ރައްކާތެރިކޮށް ދެވުނު އަހަރެއް ކަމަށެވެ. އަދި މިހާރު ކަންކަން ނިންމުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮތް ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި 2024 ވަނަ އަހަރުގެ ތެރޭގައި ވަނީ އިސްލާހީ މުހިންމު ފިޔަވަޅުތަކެއް އެޅިފައެވެ. މީގެ ތެރޭގައި ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު ރާއްޖޭގައި މިހާރު ނެތުމާއި، ރާއްޖޭގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރެވުމާއި، އަދި ރައްޔިތުންގެ ބާރު މިހާރު ބޮޑުވެފައިވާކަން ހިމެނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއް ފުރުނީ މިދިޔަ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުގައި ކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ