ފެން ކުންފުނީގެ އަމާޒަކީ ޔުޓިލިޓީ އާމްދަނީ ދަށްކޮށް، ނޮން-ޔުޓިލިޓީ އާމްދަނީ މަތިކުރުން: މަތީން

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަކީ ހަމައެކަނި ފެން ވިއްކައިގެން އާމްދަނީ ހޯދާ ތަނެއް ނޫން ކަމަށާއި، އަމާޒަކީ ޔުޓިލިޓީ އާމްދަނީ ދަށްކޮށް، ނޮން-ޔުޓިލިޓީ އާމްދަނީ މަތިކުރުންކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ކުންފުނީގެ އާމްދަނީގެ 55 އިންސައްތައަކީ ޔުޓިލިޓީ ދާއިރާއިން ލިބޭ އާމްދަނީ ކަމަށާއި، އަނެއް 45 އިންސައްތައަކީ ނޮން-ޔުޓިލިޓީ ރެވެނިއު ކަމަށެވެ. ނަމަވެސް، ކުންފުނީގެ އަމާޒަކީ ޔުޓިލިޓީ އާމްދަނީ ދަށްކޮށް، ނޮން-ޔުޓިލިޓީ އާމްދަނީ މަތިކުރުން ކަމުގައި މަތީން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އެމްޑަބްލިޔުއެސްސީގެ އާމްދަނީ ލިބެނީ ފެން އުފެއްދުމާއި، ރާއްޖޭގެ ރަށްތަކުގައި ހިންގާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ކަމަށް މަތީން ވިދާޅުވި އެވެ. އަދި ކުންފުންޏަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ މިއަހަރުގެ ނިޔަލަށް 20 ރަށެއްގައި މަސައްކަތް ނިންމައި ޚިދުމަތް ފެށުމުގެ އަމާޒަށް ވާސިލުވެފައިވުން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިންޓަވިއުގައި މަތީން ތަކުރާރުކޮށް ވިދާޅުވީ، ކުންފުނީގެ މައިގަނޑު އަމާޒަކީ އިތުރު ވިޔަފާރިތަކަށް ފުޅާވެ، ނޮން-ޔުޓިލިޓީ އާމްދަނީ އިތުރުކުރުން ކަމަށެވެ.

އެމްޑަބްލިޔުއެސްސީއަކީ ދިވެހި ސަރުކާރުގެ 80 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އޭގެއިތުރުން ދެން އެ ކުންފުނީގެ އޮންނަނީ ޖަޕާންގެ ހިޓާޗީ ކުންފުނީގެ ހިއްސާ އެވެ.

އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ