މޫސުން ގޯސްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، މޫސުން ގޯސްވެގެން ލިބިދާނެ ގެއްލުމަށް ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން މިއަދު ބުނީ މި މާދަމާ ފަށާ އާ އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރާމާ އެކު، ބޯކޮށް ވާރޭވެހި، ގަދަވަޔާ އެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މްޓް އޮފީހުގެ ބަޔާނާއި ހަވާލާދީ، އެންޑީއެމްއޭ އިން ނެރުނު އިރުޝާދެއްގައި ބުނީ، ވިއްސާރަވުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވާން ދުރާލައި މަސައްކަތްކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • – ގެއަށް ފެން ނުވަންނާ ނެހެން ރައްކާތެރި ފިޔަވަޅު އެޅުން. (ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުން ފަދަ ކަންކަން)
  • – ގަދަވައިގެ ސަބަބުން އެއްލައިލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން.
  • – ބޭނުން ނުކުރާ ވަގުތެއް ނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
  • – ކަނޑުދަތުރު ކުރާ މީހުން ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން.

މެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޫސުން ގޯސްވާން ދިމާވި ސަބަބަކީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑަކާއި، އެ ކޮޅިގަނޑާ ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކަމަށެވެ.

ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވާނެ ކަމަށް ބެލެވޭކަމަށް މެޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ