ސަރުކާރުގެ ދެ މިނިސްޓްރީއެއް ހިންގަމުންގެންދާ ދަރުބާރުގެ ކުއްޔަށްދިނުން ވަގުތީގޮތުން ހުއްޓާލައިފި އެވެ.
ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެންވަޔަރަމެންޓް މިނިސްޓްރީ ހުންނަ ތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ، މިހާރު އެ ދެ މިނިސްޓްރީގެ ހިދުމަތްތައް ދެމުން ގެންދަނީ ދަރުބާރުގޭގަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ މިނިސްޓްރީއެއްގެ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުމުގެ ސަބަބުން ދަރުބާރުގޭގެ ހޯލްތައް ވަގުތީގޮތުން ކުއްޔަށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
ދަރުބާރުގެއަކީ މީގެ ކުރިން ބޮޑެތި އިވެންޓްތަކާއި ކައިވެނީގެ ހަފްލާތައްވެސް ބާއްވަމުން ގެންދިޔަ ތަނެކެވެ. ނަމަވެސް މިހާރު އެތަން ކުއްޔަށް ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާތީ، އާންމުންނަށް ލިބެމުންދިޔަ މި ޚިދުމަތް ވަނީ މެދުކެނޑިފަ އެވެ.
މިނސްޓްރީތަކުގެ މަސައްކަތްތައް ދަރުބާރުގެޔަށް ބަދަލުކޮށް، މުވައްޒަފުންނާއި ވަހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިނިސްޓްރީތައް ހިންގުމަށް ދާއިމީ އިމާރާތެއް ހަމަޖެހެންދެން، މިނިސްޓްރީތަކުގެ މަަސައްކަތްތައް ކުރިއަށްގެންދާނީ އެ ތަނުގައި ކަމަށެވެ. އަދި މިނިސްޓްރީތަކުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކުއްޔަށް ތަނެއް ހިފުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ދަރުބާރުގެ