މާލޭގެ ރަސްމީ ފާލަން ހެދުމަށް އޯވަހެޑް ސްޓްރަކްޗާ ނިންމާފައިވާ ކަމަށާއި، މިހާރު ކުރަމުން އަންނަނީ ފުރާޅުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ، ފާލަން ހެދުމަށް ބޭނުންވާ ތަކެތި ލިބުމުން މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެ ތަނުގެ ސްޓްރަކްޗާ ފްރޭމްގެ މަސައްކަތް ނިންމައި، ފުރާޅުގައި ޝިންގަލްސް ހަރުކޮށް، ސީލިންގް ފްރޭމްވޯކް ބިލްޑިންގެ މަސައްކަތްތައް ކުރަމުން ގެންދާ ކަަމަށެވެ.
ރަސްމީ ފާލަން އަލުން މަރާމާތުކޮށް އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ކުރީގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 11.7 މިލިއަން ރުފިޔާ އަށެވެ. އެކަމަކު، އެ މަސައްކަތްތައް ފެށީ މި އަހަރުގެ މެއި މަހުގެ ކުރީކޮޅު އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރަސްމީ ފާލަން އާ ޑިޒައިނަކަށް މަރާމާތުކޮށް ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަިއ ޖުލައި، 2015 ގަ އެވެ.
އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެފަހުން އެ ފާލަން މަރާމާތުނުކޮށް ގިނަ ދުވަސްތަކެއްވުމުން، މި ސަރުކާރުގެ ވެރިކަން ފެށުން އިރު، ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)