އާ އަހަރު ފެށޭނީ މޫސުން ގޯސްކޮށް!

Advertisement

Advertisement

އެންމެ ފަސް

Advertisement

އާ އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ މަރުކަޒު (މެޓް) އިން މިއަދު އިންޒާރު ދީފިއެވެ.

މެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޫސުން ގޯސްވާން ދިމާވި ސަބަބަކީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑަކާއި، އެ ކޮޅިގަނޑާ ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކަމަށެވެ.

މެޓުން ލަފާކުރާ ގޮތުގައި، ޖެނުއަރީ 5 އާ ހަމައަށް ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައި ގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެއެވެ. އަދި ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުޞަތު އޮތް ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވާނެ ކަމަށް ބެލެވޭކަމަށް މެޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިހާރުވެސް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކަށް، މޫސުމާ ގުޅޭގޮތުން ނެރޭ މަޢުލޫމާތުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

އާ އަހަރުގެ ބަންދު ދުވަސްތަކުގައި ދަތުރުފަތުރު ކުރާއިރު، މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ