މަސްވެރިންނަށް ދޭން ޖެހޭ 2.34 މިލިޔަން ރުފިޔާ ޖަމާާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްްވެރިނަށް ދޭން ޖެހޭ 2.34 މިލިޔަން ރުފިޔާ އޮޑިވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން މިކަން ހާމަ ކުރީ މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.

މިފްކޯއަށް މަސްކިރަމުން އަންނަ ދޯނި ތަކަށް މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ދޭންޖެހޭ 2،337،608 ރުފިޔާ މިފްކޯ އިން ވަނީ މިއަދު ޖަމާކޮށްފަ އެވެ. މިފްކޯއިން މި ފައިސާ އޮޑިވެރިންގެ އެކައުންޓްތަކަށް ޖަމާ ކުރުމަށް ބީއެމްއެލްއަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. މިއީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ދޯނިތަކަށް ކިރާފައި ފައިސާ ނުދީ ހުރި 203 މެޓްރިކް ޓަނަށްވާ ފައިސާ އެވެ.

މިފްކޯއިން ބުނީ މިހާރު ފައިސާ ނުދެވި ހުރީ ހަމައެކަނި މިމަހުގެ 29 ވަނަ ދުވަހު މިފްކޯގެ ދޯނިތަކަށް ކިރި މަހަށް ކަމަށެވެ. އެގޮތުން ނުދެވި ހުރީ 3،711،255 ރުފިޔާކަމަށް މިފްކޯއިން ބުނެ އެވެ.

މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މަސް ދޯނިތަކުން ކިރުވާފައިވާ މަހަށް އޮޑިވެރިންނަށް ދޭންޖެހޭ 230 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދެވި ހުރިކަމަށް މިފްކޯއިން ބުނެފައިވެ އެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ އެ ފައިސާ އޮޑިވެރިންނަށް ދައްކައި ނިންމާފަ އެވެ.

މިފްކޯއިން އިތުރަށް ފާހަގަކޮށްފައިވަނީ މިހާރުގެ ސަރުކާރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ