މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް، މާލޭ ކޮމާޝަލް ހާބަރަށް ވަޑައިގެން، އެ ސަރަހައްދުގައި ހުރި ބަނދަރު ފެސިލިޓީތަކުގެ އޮޕަރޭޝަންތައް ބައްލަވާލައްވައިފިއެ ވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިނިސްޓަރާއުކު މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ތޮއާމް މުޙައްމަދާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ވަޖީޙް އިބްރާހިމްއާއި، އެމްޕީއެލްގެ އިސް އޮފިޝަލުންނާއި، މިނިސްޓްރީގެ ޓެކްނިކަލް ޓީމް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ
މި ސައިޓް ޓުއާގައި މިނިސްޓަރ މުއްތަލިބް ވަނީ ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢާއި ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަޢުލޫމާތު ދެއްވާފަ އެވެ. މީ
ގެ ކުރިން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީޙް އިބްރާހިމް ވިދާޅުވެފައިވަނީ 2027 ވަނަ އަހަރު ނިމެންވާއިރަށް މާލޭގެ ބަނދަރު އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކުރާނެ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)