ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން ރޭވިކަން އެނގިފައެއް ނުވޭ: ނަޝީދު

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާއިން އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް ތާއީދުކުރާ ކަމަށާއި، ވެރިކަން ވައްޓާލުން ފަދަ ކަމަކަށް އެ ޤައުމުން ތާއީދު ނުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއާއެކު އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ވޮޝިންގްޓަން ޕޯސްޓުން މިއަދު ޝާއިޢުކުރި ލިޔުމެއްގައި، އިންޑިއާއިން ޚަރަދުކޮށްގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް ބުނެފައިވުމާ ގުޅިގެންނެވެ.

އެ ލިޔުން ވަރަށް ރަނގަޅަށް ކިޔުއްވިކަމަށް ވިދާޅުވެ، ރައީސް ނަޝީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް މުޢިއްޒާ ދެކޮޅަށް މިފަދަ ރޭވުމެއް ރޭވިކަން ކުރިން އެނގިފައި ނުވާ ކަމަށެވެ. އަދި އިންޑިއާއިން މިފަދަ ކަމަކަށް އެއްވެސް ހާލެއްގައި ތާއީދެއް ނުކުރާނެ ކަމަށާއި އެއީ އެމީހުން އަބަދުވެސް ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ތާއީދުކުރާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އިންޑިއާއިން ދުވަހަކު ވެސް ނާންގާ ކަމަށެވެ.

”އެހެންނަމަވެސް ބައެއް މީހުން އަބަދުވެސް ދިރިއުޅެނީ ހަމަ ކޮންސްޕިރަސީގެ ތެރޭގައި.“ ރައީސް ނަޝީދު ވިދާޅުވި އެވެ.

ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވަނީ އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ ”ރޯ“ (އާރު.އޭ.ޑަބްލިޔު) އިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ކަމަށެވެ. މި ރިޕޯޓުގައިވާ ގޮތުން، އިންޑިއާއިން މިކަމަށް މަސައްކަތްކުރީ ރައީސް މުޢިއްޒު އިންޑިއާ ސިފައިން ފޮނުވާލުމަށް ވަޢުދުވެ، ޗައިނާއާ ގާތް ގުޅުމެއް ބޭއްވުމަށް ބޭނުންވުމާ ގުޅިގެންނެވެ.

”ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް“ ގެ ނަމުގައި ލިޔެފައިވާ ލިޔުމެއްގައި، މަޖިލިސް މެންބަރުންނާއި، ސިފައިންގެ އޮފިސަރުންނާއި، ގޭންގުތަކަށް ރިޝްވަތު ދިނުމަށް ރޭވި ކަމަށް ބުނެފައިވެ އެވެ. މި މަސައްކަތަށް 6 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި، އެ ފައިސާ އިންޑިއާއިން ހޯދަން އުޅުނު ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ނަމަވެސް، މި މަސައްކަތް ނާކާމިޔާބުވެފައިވަނީ އެކަށީގެންވާ ވަރަށް ވޯޓު ނުލިބުމާއި އިންޑިއާގެ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ. 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުނު މަޖިލިސް އިންތިޚާބުގައި ރައީސް މުޢިއްޒުގެ ޕާޓީ ބޮޑު ތަފާތަކުން ކާމިޔާބުކުރުމާއެކު، ކުރިމަގުގައި އިމްޕީޗްމަންޓްގެ މަސައްކަތްތައް ކުރުމަކީ ގާތްގަނޑަކަށް ނުކުރެވޭނެ ކަމަކަށް ވެގެން ދިޔަ އެވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖޭގެ ސަރުކާރުން އަދި ވަކި ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި އިންޑިއާ ސަރުކާރުން ވެސް މި މައްސަލައާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

——–

ރައީސް މުއިއްޒުގެ ވެރިކަމަށް ދުރުކުމުގެ ޕްލޭން؛

އިދިކޮޅު ފަރާތްތަކުން ”ޑިމޮކްރެޓިކް ރިނިއުއަލް އިނީޝިއޭޓިވް“ ގެ ނަމުގައި ރައީސް މުއިއްޒު މަޤާމުން ދުރުކުރުމަށް އެކުލަވާލި ޕްލޭނެއް ތައްޔާރުކުރި އެވެ. މީގެ ތެރޭގައި ހިމެނެނީ:

  • 40 މަޖިލިސް މެމްބަރުންނަށް (ރައީސް މުއިއްޒުގެ ޕާޓީގެ މެންބަރުން ވެސް ހިމެނޭގޮތަށް) ރިޝްވަތު ދިނުން.
  • 10 ސިފައިންނާއި ފުލުހުންގެ އިސްވެރިންނަް ރިޝްވަތު ދިނުން.
  • 3 ގޭންގަކަށް ރިޝްވަތުދީ، އެހީތެރިކަން ހޯދުން

ރިޕޯޓުގައިވާގޮތުން މި ކަންކަމަށް ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދަކީ 87 މިލިއަން ދިވެހި ރުފިޔާ (6 މިލިއަން އެމެރިކާ ޑޮލަރު) އެވެ. މި ފައިސާ އިންޑިއާއިން ލިބޭނެ އެ ފަރާތުން އުއްމީދުކޮށް ތިބިކަމަށް ރިޕޯޓުގައިވެ އެވެ.

މި ޕްލޭނަށް ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (ޢެމްޑީޕީ) ގެ އިސްވެރިން މި ޕްލޭން ތަންފީޒުކުރުމަށާއި އެ ފަރާތްތަކުގެ ޕާލިމެންޓަރީ ކެމްޕޭނުތަކަށް އެހީތެރިވުމަށް އިންޑިއާއިން ފައިސާ ހޯދުމަށް މަސައްކަތްކުރި އެވެ. އެގޮތުން ޝިރީޝް ތޯރަޓް އަދި ސާވިއޯ ރޮޑްރިގަސް ފަދަ އިންޑިއާގެ މެދުވެރިން މި ޕްލޭނާ ބެހޭގޮތުން މަޝްވަރާކުރި ނަމަވެސް، ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

މި މަސައްކަތް ނާކާމިޔާބުވެފައިވަނީ އެކަށީގެންވާ ވަރަށް ވޯޓު ނުލިބުމާއި އިންޑިއާގެ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވެ އެވެ. 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުނު މަޖިލިސް އިންތިޚާބުގައި ރައީސް މުޢިއްޒުގެ ޕާޓީ ބޮޑު ތަފާތަކުން ކާމިޔާބުކުރުމާއެކު، ކުރިމަގުގައި އިމްޕީޗްމަންޓްގެ މަސައްކަތްތައް ކުރުމަކީ ގާތްގަނޑަކަށް ނުކުރެވޭނެ ކަމަކަށް ވެގެން ދިޔަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް މުހައްމަދު ނަޝީދު ރާއްޖެ - އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ