ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ހުކުމް ކޮށްފައި ވަނީ، ނަސްރުﷲ ފާއިޒު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
އެމީހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ.
އެއީ އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އަދި ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ދައުވާގެ އިތުރުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު، ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 15 އަހަރަށް އަދި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގައި 10 އަހަރަށް އޭނާ ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.
ނަމަވެސް އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.