އާ އަހަރާ ދިމާކޮށް މި މަހު ގިނަ އަދަދެއްގެ އަމިއްލަ ޖެޓުތައް ރާއްޖެއަށް އައިސްފައިވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ، މި ވަގުތު ވެސް 30 އަށް ވުރެ ގިނަ ޖެޓު އެއާޕޯޓުގައި ޕާކުކޮށްފައި އެބައޮތް ކަމަށެވެ.
އެމްއޭސީއެލް އިން މިހެން ބުނެފައި ވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމްއޭސީއެލް އިންބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 137 ޖެޓު މޫވްމަންޓްސް ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އެކަމަކު މި އަހަރުގެ ޑިސެމްބަރު މަހުގެ މިހާތަނަށް 148 ޖެޓު މޫވްމަންޓްސް ރިކޯޑްކުރެވިފައިވާ ކަމަށެވެ.
”އެއީ 8 ޕަސެންޓުގެ އިތުރުވުމެއް،“
މުޅި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 2،326 ޖެޓު މޫވްމަންޓްސް ރިކޯޑްކުރެވިފައިވެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރިކޯޑްކުރެވިފައި ވަނީ 2،107 ޖެޓު މޫވްމަންޓްސް އެވެ.
އެގޮތުން، ކޮންމެ އަހަރަކު ވެސް މި ދުވަސްވަރަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ރާއްޖެ އަށް އަންނާތީ އެކަމަށް ހާއްސަކޮށް ވެލާނާ އެއާޕޯޓުގެ ތިން ސަރަހައްދެއްގެ ޖެޓުތައް ޕާކު ކުރެވޭނެ ޖާގަތައް ހަދާފައިވެ އެވެ.