އިސްރާއީލުގެ ވަޒަންވެރިން އަލްއަޤްސާ މިސްކިތުގެ ގޯތިތެރެއަށް އަރައިގަތުން ކުށްވެރިކުރަން: ސަރުކާރު

Advertisement

އެންމެ ފަސް

Advertisement

އަލްއަޤްސާ މިސްކިތުގެ ގޯތިތެރެއަށް އިސްރާއީލީ ވަޒަންވެރިން އަރައިގަތުން ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު އަމަލުތަކެކެވެ. އަދި މިއީ އަލްއަޤްސާ މިސްކިތުގެ މުޤައްދަސްކަމާއި ތާރީޚީ ދަރަޖަ ގެއްލިގެން ދިއުމަށް ކުރާ މަސައްކަތްތަކެއް ކަމަށްވެސް ސަރުކާރުން ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން، ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ޝަރުޢީ ޙައްޤުތަކަށް ވަރުގަދައަށް ތާއީދުކުރާކަން ހާމަކޮށް ފައެވެ. އަދި އިންސާފުވެރި އަދި ދެމިއޮންނަ ޙައްލެއް ހޯދުމަށް ބާރުއެޅޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއާއެކު މިނިވަން އަދި އިސްތިޤްލާލު ފަލަސްތީނުގެ ދައުލަތެއް ޤާއިމްކޮށްގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ރާއްޖެ - އިޒްރޭލް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ