މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ހައިސްޕީޑް ލޯންޗްތަކެއް ބަނދެދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާނު ކޮށްފި އެވެ.
އެމްޓީސީސީ އިން މިހެން ބުނެފައި ވަނީ، އެ ކުންފުނިން ގެޒެޓުގައި ކުރި އިއުލާނެއްގަ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ، އެ ކުންފުންޏަށް ބޭނުންވާ 10 ހައި ސްޕީޑް އުޅަނދު ޑިޒައިންކޮށް، ކޮންސްޓްރަކްޝަން އަދި ސަޕްލައިކުރާނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ.
މައުލޫމާތު ސާފު ކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަން މީޓިންގްރޫމަށް ވަޑައިގަތުމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ.
އެމްޓީސީސީ އަށް ހައިސްޕީޑް ލޯންޗްތަކެއް ބަނދެދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިމިވަނީ އެ ކުންފުނިން ފޯރުކޮށްދޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހިދުމަތް ފުޅާކޮށް އިތުރު އަތޮޅުތަކުގައި އެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފައިވަނިކޮށެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)