އެތަށް ހާސް ފަތުރުވެރިން ގޮވައިގެން 2 ކްރޫޒް ލައިނާއެއް މާލޭގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ރާއްޖެ އައި ދެ ކްރޫޒް ލައިނާއެއް މާލޭގެ ބޭރުގައި ބަނދަރުކޮށްފި އެވެ.

ރާއްޖެގައި މިވަގުތު އޮތް 2 ކްރޫޒް ލައިނާއަކީ ’އެމްއެސް ނޯވެޖިއަން ސްކައި‘ އާއި ’އެމްއެސް ރިވިއޭރާ‘ އެވެ. ’އެމްއެސް ނޯވެޖިއަން ސްކައި‘ އަކީ ބަހާމާސްގައި ރަޖިސްޓާކޮށްފައިވާ ކްރޫޒް ލައިނާ އެކެވެ. ’އެމްއެސް ރިވިއޭރާ‘ ރެޖިސްޓާކޮށްފައިވަނީ މާޝަލް އައިލެންޑްސް އަށެވެ.

’އެމްއެސް ނޯވެޖިއަން ސްކައި‘ މާލޭގައި ބަނދަރު ކުރީ އިއްޔެއެވެ. މި ކްރޫޒް ލައިނާއިން 2،000 އާ ގާތް ކުރާ އަދަދަކަށް ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ. މިއީ މި ސީޒަނުގައި ރާއްޖެ އައި ދެވަނަ ކްރޫޒް ލައިނާއެވެ. މި އުޅަނދު މިރޭ މާލެއިން ފުރާނެ އެވެ.

’އެމްއެސް ރިވިއޭރާ‘ މާލެ އައީ މިއަދެވެ. މި ކްރޫޒް ލައިނާ މާލެއިން ފުރަން ތާވަލުކޮށްފައިވަނީ މާދަމާއެވެ. ދެން މި އުޅަނދުގެ މަންޒިލަކަށް ވާނީ ސްރީ ލަންކާއެވެ.

މިއަހަރަކީ ރާއްޖޭގެ ތާރީހުގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އަހަރުކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މި ހިނގާ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް 196،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދު މާދަމާގެ ނިޔަލަށް 200،000 ހުރަސް ކުރާނެ އެވެ.

ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ