ފެން ކުންފުނީގެ އޮންލައިން ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން، އޮންލައިން ޚިދުމަތްތައް ހެޔޮ ބަދަލުތަކަކާއެކު މިއަދު ތަޢާރަފުކޮށްފި އެވެ.

މި ޚިދުމަތް ތަޢާރަފުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވުނު ރަސްމިއްޔާތުގައި، އެ ކުންފުނީގެ ޗެއަރޕާރސަން ޝަމްޙޫޒާ އަޙުމަދު އާއި މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދު ބައިވެރިވެ ވަޑައިގަތެވެ. އޭގެއިތުރުން މި ރަސްމިއްޔާތުގައި ޑެޕިޔުޓީ މިނިސްޓަރ ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ، އަޝްރަފް ނުޢުމާން އާއި ޙަސަން ޚަލީލު، އަދި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމުވެސް ބައިވެރިވި އެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އޮންލައިން ޚިދުމަތްތަކަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި:

  • އީ-ފާސް ނިޒާމު މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުން
  • އޮންލައިންކޮށް އެޕްލިކޭޝަން ފުރުމާއި ހުށަހެޅުން
  • އެޕްލިކޭޝަންތަކުގެ ސްޓޭޓަސް ބެލުމާއި އެސް.އެމް.އެސް މެދުވެރިކޮށް އަޕްޑޭޓް ލިބުން
  • އެއް އެކައުންޓުން ގިނަ ބިލްތަކަށް ފައިސާ ދެއްކުން
  • ސްމާޓް މީޓަރުތަކުގެ ރީޑިންގ އަދި ފެން ބޭނުންކުރާ މިންވަރު ބެލުން

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ”އަޅުގަނޑުމެންގެ މަޤްޞަދަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމެވެ. މި ބަދަލުތަކާއެކު އީ-ޕޯޓަލް ބޭނުންކުރުން ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެންދާނެ“ ކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކޮށް، އޭގެ މަންފާ ކުންފުންޏަށާއި ދިވެހި މުޖުތަމަޢަށް ފޯރުކޮށްދިނުން ކަމަށް ކުންފުނިން ބުނެ އެވެ.

އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ