5 އަހަރު ދުވަހުގެ ޑޮކިއުމެންޓް ވަނީ ޑިޖިޓަލް ކުރެވިފައި: ނަރީޝް

Advertisement

Advertisement

އެންމެ ފަސް

Advertisement

2016 އިން 2023 ވަނަ އަހަރަށް 5 އަހަރު ދުވަހުގެ ޑޮކިއުމެންޓް ވަނީ ޑިޖިޓަލް ކުރެވިފައި ކަމަށް މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ނަރީޝް މިހެން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ނޫހަކުން ސިޓީ ކައުންސިލްގެ ލިޔުންތަށް އަނދައި އަޅިޔަށްވީ ޑިޖިޓަލް ކުރަން މިލިޔަނުން ފައިސާ ދިފައިވަނިކޮށް ކަމަށް ބުނެ ޝާއިރުކުރި ހަބަރަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ، 2016 އިން 2023 ވަނަ އަހަރަށް 5 އަހަރު ދުވަހުގެ ޑޮކިއުމެންޓް ޑިޖިޓަލް ކުރެވިފައިވާ ކަމަަށާއި، ސާރވާގައި މިހާރުވެސް އެބަހުރި ކަމަަށެވެ.

”މިލިއަނުން ހަރަދުކޮށްގެން ޑިޖިޓަލްކުރީ ބިލިއަން ރިފިޔާގެ އަގުހުރި ޑޮކިއުމެންޓްތައް!“

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަސައްކަތް ފެއްޓެވީ އެކަކަށްވެސް ނުކުރެވި އޮއްވާ ކަމަށާއި، އެ މަސައްކަތް މިއަދުގެ މޭޔަރ އާދަމް އާޒިމް ކުރަށްވަމުން ގެންދަވާ ކަމަށްވެސް ނަރީޝްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

”މައުލޫމާތު ސާފުކޮށްލާ ރަނގަޅަށް ޑޮކިއުމެންޓް ޑިޖިޓަލްކޮށް ސާރވާގައި ބެކަޕްކޮށް ރައްކާކޮށްފައި ހުރިތަން ބަލާލަން ބޭނުމިއްޔާ ވަޑައިގަންނަވާ އަޅުގަނޑު ދައްކާނަން!“

ނަރީޝް އިތުރަށް ވިދާޅުވެފައި ވަނީ، އަދަދު ނޫހަށް މި މައުލޫމާތު ދިން ބަޔަކު ދިނީ ވަކި ނަތީޖާއެއް ހާސިލްކުރުމުގެ ނިޔަތުގައި ކަމަށާއި، މިއީ ކަމުގެ ހަގީގަތް އޮޅޭ ލިޔުމެއް ކަމަަށެވެ.

އެ ހަބަރު ޝާއިރުކުރި ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާކައިވް ޑިޒިޓަލައިޒްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާނުލަނީސް ސިޓީ ކައުންސިލްއިން ވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ ދީފަ އެވެ. އަދި އެ މަސައްކަތް ހަވާލުކުރި ކުންފުންޏަކީ މި ސަރުކާރުގެ އިސްވެރިޔެއްގެ ކުންފުންޏެއްކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

އަހުމަދު ނަރީޝް މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ