ބަދަލު ގެންނެވި 2 މިނިސްޓްރީއަކަށް ކިޔާނެ ދިވެހި ނަންތައް ރައީސް ހަމަޖައްސަވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ނިމިދިޔަ ހަފްތާގައި ގެންނެވި ބަދަލާ ގުޅިގެން، ބަދަލު އައި މިނިސްޓްރީތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ހަމަޖައްސަވައިފިއެވެ.

މިކަން އިޢުލާންކުރެއްވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގައެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ޑިސެންބަރު 26، 2024 ގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، ދެ މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާނޭ ނަންތައް ރައީސް ވަނީ ހަމަޖައްސަވާފަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް، ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، ”މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ“ އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، ”އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ“ އެވެ.

ޑިސެމްބަރު 26 ގައި ރައީސް މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލުމާއި، މިނިސްޓަރ އޮފް ފިނޭންސްގެ ނަން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ބަދަލުކުރުން ހިމެނެއެވެ. އަދި މި މަޤާމަށް މޫސާ ޒަމީރު އައްޔަންކުރައްވާފައިވެ އެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނަން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ބަދަލުކުރައްވާ، މި މަޤާމަށް ޑރ. ޢަބްދުﷲ މުއްޠަލިބް އައްޔަންކުރައްވާފައިވެއެވެ. ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްކަމަށް ވަނީ އައްޔަންކުރައްވާފަ އެވެ. އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމުގައި އޭރު ހުންނެވި ޑރ. މަރިޔަމް މާރިޔާ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަގާމަށް އައްޔަން ކުރައްވާފައިވާކަން ފާހަގަކޮށްލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ