އެމްބީއޭގެ ފައިސާއާ ގުޅޭ މައްސަލައެއް އޭސީސީ އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ފައިސާއާ ގުޅޭ މައްސަލައެއް އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން އެ މައްސަލަ ބަލައިގެންފި އެވެ.

އެމްބީއޭ އާއިގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ތަހުމަތުކޮށް އޭސީސީ އަށް ހުށަހަޅާފައި ވަނީ ނޮވެމްބަރު 4 ގައި ބާސްކެޓްބޯޅައިގައި ހަރަކާތްތެރިވާ އަމިއްލަ މީހަކެވެ.

މި މައްސަލަތަކުގެ ތެރެއިން އޭސީސީން ބަލައިގަތީ ފައިސާއާ ގުޅޭ މައްސަލަ އެވެ. އެމްބީއޭއަށް ތުހުމަތުކޮށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ އޮޅުވާލައިގެން އެއް ބާވަތެއްގެ ދެ ކަމަކަށް ސްޕޯޓްސް މިނިސްޓްރީން ދެ ފަހަރު ފައިސާ ހޯދާފައިވާ ކަމަށެވެ.

މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައި ވަނީ، ބޭރުގެ ޓީމެއް ވާދަ ނުކުރާ ގައުމީ މުބާރާތަށް ހާއްސަކޮށް އެ ހަރަދުތައް ހަމަޖައްސަންކަމަށް ބުނެ ސަރުކާރުން ފައިސާ ހޯދުމަކީ އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުމުގެ ތެރެއަށް ވަންނަ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، އެމްބީއޭ އަށް ކުރާ ތުހުމަތުތައް އެ އެސޯސިއޭޝަނުން ދޮގު ކުރެ އެވެ. ޖެނަރަލް ސެކްރެޓަރީ ވިޝާމް ރަޝީދު ވިދާޅުވީ އެއްވެސް އިރެއްގައި ގައުމީ މުބާރާތަށް ބޭރުގެ ޓީމެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި ގައުމީ މުބާރާތަށް އެފަދަ ހަރަދެއް ކުރުމަށް އެއްވެސް ފަރާތަކުން ފައިސާ ހޯދާފައި ނުވާނެ ކަމަށެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ