ކާރެއްގައި ރޯކޮށްލި މައްސަލައިގައި ހިމެނޭ މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕާކިން ޒޯނެއްގައި ޕާކް ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައެއްގައި ހައްޔަރުކޮށް ބަންދުކޮށްފައިތިބި ދެ މީހުންގެ ބަންދު މުއްދަތު އިތުރު ކޮށްފި އެވެ.

ސިނަމާލެ 01 ޕާކިން ޒޯނުގައި ޕާކް ކޮށްފައި އޮތް ކާރެއްގައި 2024 ނޮވެންބަރު 25 ވަނަ ދުވަހުގެ 18:25 އެހާކަންހާއިރު އަލިފާން ރޯ ކޮށްލާފައިވާ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މާލެ މ. އަރާރަތްކުރި، ހާލިދު މަހުމޫދު (35އ) އާއި އދ. މާމިގިލި، ބްލޫ ވިންޑް، ހަސަން ނަސީމް (31އ) އެވެ.

މި ދެމީހުންގެ ބަންދު މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ދެމީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި ދެމީހުންގެ ކޯޓު އަމުރުގައި ބުނެފައިވަނީ، މި ހާދިސާއަކީ އާންމުތަނެއްގައި އޮތް ކާރެއްގައި ހުޅު ޖަހައި ރޯކޮށްލިކަމަށް ތުހުމަތު ކުރެވޭ ހާދިސާއެއް ނަމަވެސް، ޕީޖީން ހުށަހަޅާފައިވާ ފޯމުގައި ތުހުމަތުގެ ގޮތުގައި ބަޔާން ކުރަނީ ޤާނޫނުލްއުޤޫބާތުގެ 220 ވަނަ މާއްދާގެ ދަށުން މުދަލަށް ގެއްލުން ދިނުން ކަމަށެވެ. މި ދެ މީހުންގެ މައްޗަށް ޕީޖީން މިހާރު ބޮޑު ތުހުމަތެއް ނުކުރާކަމަށްބުނެ މި ދެމީހުންގެ ފަރާތުން ވަނީ ޝަރުތު ކުރުމަށްފަހު ބަންދު ދޫކޮށްލުމަށް އެދިފަ އެވެ. އެހެންނަމަވެސް ޕީޖީން އެދިފައިވަނީ މި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ