ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް އެހީ ހޯދޭނޭ ތަންތަން ހެލްތް ޕްރޮޓެކްޝަން އެގެންސީ (އެޗްޕީއޭ) އިން އިއުލާނު ކޮށްފި އެވެ.
އެޗްޕީއޭއިން މިކަން ހާމަކޮށްފައި ވަނީ އެ އިދާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އެޗްޕީއޭއިން ވަނީ މި ހިދުމަތް ހޯދުމަށް 4 ހޮސްޕިޓަލެއް ކަނޑާއަޅާފަ އެވެ.
ދުންފަތާ ދުރުވުމަށް އެހީވެދޭނެ ތަންތަނާއި ހުޅުވިފައި ހުންނާނެ ގަޑިތަށް:
- އައިޖީއެމްއެޗް (އާދީއްތަ- ބުރާސްފަތި) 08:00- 15:00
- ހުޅުމާލެ ހޮސްޕިޓަލް (އާދީއްްތަ- ބުރާސްފަތި) 08:00- 16:00
- ދަމަނަވެށި (އާދީއްްތަ- ބުރާސްފަތި) 09:00- 15:00
- އޭޑީކޭ ހޮސްޕިޓަލް (ހޮނިހިރު- ބުރާސްފަތި) 08:00- 16:00
ރައްޔިތުން ދުންފަތާ ދުރުކުރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް މިހާރު ވަނީ ބޮޑުކޮށްފަ އެވެ. އަދި ސަރުކާރުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވިއްކުމާއި ހިލޭ ބެހުންވެސް މަނާ ކޮށްފައެވެ. އަދި އެ ތަކެތި ބޭނުންކޮށްފި ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.