މަސްވެރިންނަށް 63.6 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިހާތަނަށް މަސްވެރިންނަށް 981 މިލިއަން ރުފިޔާ (63.6 މިލިއަން ޑޮލަރު) ދޫކޮށްފައިވާކަމަށް ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މިއަދު ހާމަކޮށްފި އެވެ.

މިފްކޯއިން ދިން މަޢުލޫމާތުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން 2024 ވަނަ އަހަރުގެ ޑިސެމްބަރު 28 އާ ހަމައަށް މިފްކޯއަށް ޖުމްލަ 55,925 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެ އެވެ. މިއީ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ކިރުވާފައިވާ މަހުގެ މިންވަރެވެ.

މިފްކޯއިން އިތުރަށް ފާހަގަކުރި ގޮތުގައި، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތުގައި ބޭންކް އޮފް މޯލްޑިވްސް، ފިނޭންސް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދެ އެވެ.

މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މަސް ދޯނިތަކުން ކިރުވާފައިވާ މަހަށް އޮޑިވެރިންނަށް ދޭންޖެހޭ 230 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދެވި ހުރިކަމަށް މިފްކޯއިން ބުނެފައިވެ އެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ އެ ފައިސާ އޮޑިވެރިންނަށް ދައްކައި ނިންމާފަ އެވެ.

މިފްކޯއިން އިތުރަށް ފާހަގަކޮށްފައިވަނީ މިހާރުގެ ސަރުކާރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ