މިއަހަރުގެ ތިންވަނަ ކުއާޓާގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ 14 އިންސައްތަ އިތުރުވެއްޖެ އެވެ.
މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގަ އެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރގައި ޖެޓް ފިއުލް ވިއްކައިގެން 5.3 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މި އިތުރުވުން އައިސްފައިވަނީ މި ކުއާޓަރގައި ރާއްޖެއަށް އައި އެއަރލައިންތަކުގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ.
ރާއްޖެއަށް އަންނަ ބޯޓުތަކަށް ޖެޓް ފިއުލް ވިއްކުމަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފޯރުކޮށްދޭ ޚިދުމަތެކެވެ.
މިދިޔަ މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވައިދެއްވާފަ އެވެ. މި އައު ފިއުލް ފާމުގައި 45 މިލިއަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެ އެވެ. އަދި ފިއުލް ހައިޑްރަންޓް ނެޓްވޯކާއެކު، ފްލައިޓްތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެފައިވާކަން ފާހަގަކުރެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެމްއޭ އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)