24 އަހަރުގެ ޒުވާނަކަށް މާވަހަރެއް ފެނިއްޖެ

Advertisement

އެންމެ ފަސް

Advertisement

އަކިރި ނަގަން ގޮސް އުޅުނު ރ. ފައިނުގެ ޒުވާނަކަށް އެރަށު ހުޅަގު ކޮޅު އަތިރިމަތިން މާވަހަރެއް ފެނިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ހޮވާފައި މިވާ މާވަހަރު ހޮވީ 24 އަހަރުގެ އިބްރާހީމް ޒާހިރު ނަމަކަށް ކިޔާ ޒުވާނެކެވެ. އިބްރާހިމް ޒާހިރުގެ ބޭބެ ޖަވިޔަނި ނޫހަށް މައުލޫމާތު ދެއްވަމުން ބުނީ މާވަހަރަށް އަދި ގޮތެއް ނަހަދާ ކަމަށާއި މާވަހަރެއް ކަން ޔަގީން ކުރުމަށްޓަކާއި މާލެ ގެނެސް އިބްރާހިމް ޒާހިރުގެ އާއިލާ މީހެއް އަތުގައި ބާއްވާފައި އޮތް ކަމަށެވެ.

އިބްރާހިމް ޒާހިރުގެ ބޭބެ ބުނީ އިބްރާހިމް ޒާހިރަށް އެއީ މާާވަހަރެއް ކަމެއް ފުރަތަމަަ ނޭގޭ ކަމަށައި އޭގެ މައްޗައް ފުރަތަމަ އެރުމުން ވެސް ކުޑަ ޝައްކެއް އުފެދުން ނަމަވެސް އަޅާ ނުލާ ދިޔައީ ކަމަށާއި 2 ވަނަ ފަހަރަށް އައިސް އޭގެ މައްޗަށް އެރުމުން އެ ފަޅާއިގެން ދިޔުމުން މާ ވަހަރެއް ކަމަށް އުފެދުން ޝައްކު ބޮޑުވެ ގޫގަލް އަދި ޔޫޓިއުބުން ވީޑެއޯ ބެލުމުން އެއީ މާވަހަރެއް ކަން އިގުނު ކަމަށެވެ.

ރާއްޖޭގައި ދޭތެރެއަކުން މާވަހަރު ހޮވައެވެ.

 

ރ. ފައިނު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ