އާ އަހަރު ފާހަގަކުރަން ފުޑް ފެސްޓިވަލާއެކު ޑްރޯން ޝޯއެއް

Advertisement

އެންމެ ފަސް

Advertisement

އާ އަހަރު ފާހަގަކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފުޑް ފެސްޓިވަލަކާއެކު ޑްރޯން ޝޯއެއް ބާއްވަން ނިންމައިފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެމްޕީއާރްސީން ބުނީ، ޑިސެމްބަރު 31 ވަނަ ދުވަހު ”މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް“ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ފެސްޓިވަލްގެ ތެރެއިން ދިވެހި ސަގާފީ ފުޑް ފެސްޓިވަލަކާއި 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަގާފަތް ދައްކާލުމުގެ ހަރަކާތްތަކުގެ އިތުރުން އާ އަހަރުގެ ހަވާ އެރުވުން އޮންނާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީން ބުނީ ޑްރޯން ފެސްޓިވަލް ކުރިއަށް ދާނީ ޑިސެންބަރު 31 ވަނަ ދުވަހުގެ ރޭ 09:00 ގައި ކަމަށާއި، ހަވާ އަރުވާނީ އެ ރޭ 12 ޖަހާއިރު ކަމަށެވެ.

ފުޑް ފެސްޓިވަލް 31 ވަނަ ދުވަހުގެ ރެއާއި ޖެނުއަރީ އެއް ވަނަ ދުވަހުގެ ހަވީރު 04:00 ރޭގަނޑު 10 އަކަށް ކުރިއަށް ދާނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުނެއެވެ.

އަދި މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ