އަލިފާނުގެ ހާދިސާ ތަހުގީގު ކުރަން އައި ޓީމު ފުރައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑިސެމްބަރު 12 ވަނަ ދުވަހު 3 ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތުގައި އަލިފާން ރޯވި ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެ އައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމު ރާއްޖެއިން ފުރައިފި އެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާގެ ތަހުގީގު ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު ޑިސެންބަރު 22، 2024 ގައި ފުރާފައިވާ ކަމަށެވެ.

އިންޑީއާގެ ތަޖުރިބާކާރުންގެ ޓީމުން ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް އެ ޓީމާ ހިއްސާކޮށްފައިވާނެކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ.

މި އަލިފާނުގެ ހާދިސާގައި ދެ ގަޑިއިރުގެ ތެރޭގައި މުޅި އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި އިމާރަތް ވަނީ އެއްކޮށް ވެއްޓި، ބިމަށް ތިރިވެފަ އެވެ. މި ހާދިސާއާ ގުޅިގެން އެތަނުގައި ހިންގަމުން ދިޔަ ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވާރަމެންޓް މިނިސްޓްރީގެ ހިންގުން ވަނީ ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީގައި ރޯވެ، އެނދުން އަލިފާނުގެ ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ