ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފިހާރައެއް ފަޅަލައި އެފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފޯނުތަކެއް ފުލުހުން ހޯދައިފި އެވެ.

މި ފިހާރަ އަކީ މާފަންނުގައި ހުންނަ “ސްޕައި އެންޑް ޓެކް” ނަމަކަށް ކިޔާ މޯބައިލް ފިހާރައެކެވެ. މި ފިހާާރަ ފަޅާލާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ 04:00 ހާއިރު އެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ރ. މީދޫ، ބުލްބުލްގެ، އަޒްމީލް މުޙައްމަދު (40އ) އެވެ.

އޭނާ ހައްޔަރު ކުރުމަށް ފަހު ބަލާފާސް ކުރުމުން ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ 5 ފޯނެއް ވަނީ ފެނިފަ އެވެ.

އަޒްމީލް މުޙައްމަދު އަކީ މިއަހަރު އޮކްޓޯބަރު 6 ވީ ދުވަހު “ކްރޭވެސް ޓޭކްއަވޭ” ނަމަކަށް ކިޔާ ރެސްޓޯރެންޓް އަކުން ވައްކަން ކޮށްފައިވާ މައްސަލައާއި ގުޅިގެން 5 މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ. އަދި ހަމަ އެހެންމެ އޭނާ އަކީ މީގެ ކުރިން 59 ފަހަރަށް އެކިއެކި މައްސަލަ ތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހެކެވެ.

“ސްޕައި އެންޑް ޓެކް”މޯބައިލް ފިހާރަ އިން ވައްކަން ކުރި މައްސަލާގައި ހައްޔަރުކޮށް އަޒްލީމް އަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފަ އެވ

ވައްކަމާއި ފޭރުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ