ފުލުހުންގެ ކާރަކާ އެކްސިޑެންޓްވި ޒުވާނާ ވެންޓިލޭޓަރަށް ލައިފި، ފުލުހުންގެ އިހުމާލެއްވޭތޯ ބަލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ހާލަތު ސީރިއަސްވެ، ވެންޓިލޭޓަރަށް ލައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. ނަމަވެސް، އޭނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން މިހާރު ފަރުވާ ދެމުންދަނީ އައި.ޖީ.އެމް. ހޮސްޕިޓަލުގަ އެވެ. އައި.ޖީ.އެމް. ހޮސްޕިޓަލުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިވަގުތު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދެ އެވެ.

ފުލުހުންގެ މަޢުލޫމާތުން އެނގޭ ގޮތުގައި، މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ޚިލާފުވެގެން، މި މަހުގެ 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ. އަދި މި އެކްސިޑެންޓުގައި ފުލުހުންގެ ވެހިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ފުލުހުން ވަނީ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ އެ ޚިދުމަތުން ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމުގައި ބުނެފަ އެވެ. އަދި މިފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން، މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަޙުޤީޤުގެ ތެރެއިން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އަދި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް ފުލުހުން ވަނީ ދީފަ އެވެ.

އެކްސިޑެންޓް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ