މާލެ އާޓިފިޝަލް ބީޗުގައި މިރޭ ހަވާ އަރުވަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މިރޭ އެތަނުގައި ހަވާ އަރުވާނީ 21:00 ގަ އެވެ. ހަވާ އެރުވުމަށް ހަމެޖެހިފައި ވަނީ އާޓިފިޝަލް ބީޗް މޫދުގަ އެވެ.
ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ރާއްޖޭގައި ވިޔަފާރި އުސޫލުން އަމިއްލަ ބައެއް ހަފްލާތަކުގައި ހަވާ އެރުވުމުގެ ހިދުމަތް ސިފްކޯއިންދަނީ ދެމުންނެވެ.
އެމްއެންޑީއެފް އިން ވަނީ ރޭވެސް 6 މިނެޓަށް ހަވާ އަރުވާފަ އެވެ. މިއީ އާ އަހަރުގެ ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯއިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެއް ކަަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.