ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އައް ބާރުބޮޑުވެ، ކުރީބައިގައި ހިދުމަތް ލިބިގަތުމަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާކޮސްފި އެވެ.
އެމްއޭސީއެލް އިން ބުނީ، މިއަދަކީ އެ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށެވެ. އެހެން ކަމުން، ކުރިއަށް ޕްލޭންކޮށް ފަސިންޖަރުންނަށް އަވަހަށް އައުމަށް އިލްތިމާސްކުރާ ކަމަށެވެ.
”އަޅުގަނޑުމެންގެ ސްޓާފުން ތިބޭނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް. އުފާވެރި ޗުއްޓީ އާއި ރައްކާތެރި ދަތުރުތަކަށް އެދެން“
މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރުކަމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އަތޮޅު ތެރެއާއި ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދަތުރު ކުރަން ފަށާފަ އެވެ.
އެގޮތުން މިއީ އައު އަހަރު އަންނަ ދުވަސްވަރު ކަމުން ރާއްޖެ އަންނަ ފަތުރުވެރިންވެސް އަންނަ މިންވަރުވަނީ އިތުރުވެފަ އެވެ.