ރޭ ދަންވަރު ހުޅުމާލޭ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
މިކަން ހާމަކޮށްފައި ވަނީ، ފުލުހުން މިއަދު މީޑިއާތަކަސް ފޮނުވި މެސެޖެއްގަ އެވެ.
އެ މެސެޖުގައި ފުލުހުން ބުނެފައި ވަނީ، އެ އެކްސިޑެންޓް ހިންގާފައި ވަނީ ރޭ 01:50 ހާއިރު ހުޅުމާލެ ފޭސް 2 ގައި ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަސްވެސް ފުލުހުން ބުނެފައިވެ އެވެ.
މި އެކްސިޑެންޓުގައި ފުލުހުންގެ ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ގޮތެއް ފުލުހުން ބުނެފައެއްނުވެ އެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.